ވޯޓުފޮށި އަލުން ގުނުމުން، އެންމެ ވޯޓެއްގެ ތަފާތުން ދ. މީދޫ ކައުންސިލްގެ ރައީސްކަން އެމްޑީއޭއަށް

ވޯޓުފޮށި އަލުން ގުނުމުން، އެންމެ ވޯޓެއްގެ ތަފާތުން ދ. މީދޫ ކައުންސިލްގެ ރައީސްކަން އެމްޑީއޭއަށް

Author
ހުސައިން
10 އޭޕްރިލް 2026 07:42
0

ދ. މީދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ބޭއްވި ވޯޓުގެ ނަތީޖާއާ ގުޅިގެން ހުށަހެޅުނު ޝަކުވާއަކަށްފަހު ފޮށްޓެއް އަލުން ގުނުމުން، އެންމެ ވޯޓެއްގެ ތަފާތުން އެމްޑީއޭގެ ކެންޑިޑޭޓް އިންތިޚާބު ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އަލުން ގުނާފައިވަނީ މީދޫގެ 2 ނަންބަރު ވޯޓުފޮށްޓެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން މި ފޮށިން އެމްޑީއޭގެ ކެންޑިޑޭޓަށް 127 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 114 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަށް ލިބިފައިވަނީ 36 ވޯޓެވެ.

މި ފޮށީގެ ނަތީޖާއާއެކު މުޅި އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެމްޑީއޭގެ ކެންޑިޑޭޓަށް ޖުމްލަ 392 ވޯޓު ލިބިފައިވާއިރު، އެންމެ ގާތުން ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 391 ވޯޓެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަށް ޖުމްލަ 100 ވޯޓު ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.