މިމަހުގެ ގެންނަން އުޅޭ ވެކްސިނާއައިމެދު އާދަމް ޝަރީފްގެ ސުވާލުތަކެއް!

މިމަހުގެ ގެންނަން އުޅޭ ވެކްސިނާއައިމެދު އާދަމް ޝަރީފްގެ ސުވާލުތަކެއް!

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2021 12:59
0

ކޯވިޑް-19ގެ ވެކްސިން މިމަހުގެ 26 ގައި ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވަމުންދާއިރު، ރާއްޖެއަށް ގެންނަ ވެކްސިނާއިމެދު އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރުގެ ސުވާލުތަކެއް ސަރުކާރަށް ކުރިމަތި ކުރުވައިފިއެވެ.

މިމަހުގެ 26 ގައި ރާއްޖެއަށް ވެކްސިން ރާއްޖެއަށް ލިބޭނެކަން ކަށަވަރުވެފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރޮންޓްލައިންގައި  މަސައްކަތްކުރާ މީހުންނަށެވެ.

މިމަހުގެ ގެންނަން ހަމަޖެހިފައިވާ ވެކްސިނާއި ގުޅޭގޮތޮން އާދަމް ޝަރީފް ވިދާޅުވީ ވެކްސިން ގެންނައިރު ގެންނަ ވެކްސިންގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެގެެންޖެހޭކަމަށެވެ. ގެންނަނީ ކޮން ކުންފުންޏަކުން އުފައްދާ ވެކްސިނެއްތޯއާއި، ވެކްސިން ގެނައުމަށްފަހު އެ ސްޓޯކޮށް ބެލެހެއްޓޭނެ ނިޒާމު ހަމަޖެހިަފއިވޭތޯއާއި، ވެކްސިން އުފުލޭނެ ވަސީލަތް ކަށަވަރު ވެފައިވޭތޯ ޔަގީން ކުރަން ޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިމަހު ގެންނަނީ ކޮން ކޮމްޕެނީ އަކުން އުފައްދާފައިވާ ކޯވިޑް ވެކްސިނެއްތޯ؟ ވެކްސިން ސްޓޯކޮށް ރަށްރަށަށް އުފުލާނެ ވަސީލަތް ރެޑީތޯ؟ އިތުބާރު ކުރެވޭ ވެކްސިނެއް ހުރިހާ ރައްޔިތުންނަށް އަވަހަށް ލިބޭނެ ގޮތަކަށް، ވެކްސިނޭޓިންގ ޕްލޭން އާއިއެކު އެކަށޭނެ އިންތިޒާމެއް ދުރާލައި ރޭވުން މުހިންމު.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޯވިޑް ވެކްސިން ރާއްޖެއަށް ގެނައުމަށްޓަކައި، ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބުނެފައެވެ.

ކޯވިޑް-19 ގެ ވެކްސިން ހޯދުމަށް ދިވެހި ސަރުކާރުން ސޮއިކުރަންޖެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޛުކުރުމަށްޓަކައި މިނިސްޓަރ އޮފް ފިނޭންސުން ނެރެފައިވާ ޤަރާރުގައި ބުނެފައިވަނީ  ޤަރާރު ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށްފައިވީހިނދު، އަދި އެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމުގައެވެ.

މި ވެކްސިންއަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ ވެކްސިންއަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމުގެ ސަބަބުން، އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ކަމުގައިވީހިނދު، އަދި ކޯވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ މަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.