ބަންދުކޮށްފައި އޮތުމަށްފަހު މަސްޖިދުލް އަޤްޞާ ބުރާސްފަތި ދުވަހު އަލުން ހުޅުވަނީ

ބަންދުކޮށްފައި އޮތުމަށްފަހު މަސްޖިދުލް އަޤްޞާ ބުރާސްފަތި ދުވަހު އަލުން ހުޅުވަނީ

Author
ޙަސަން މުޙައްމަދު
09 އޭޕްރިލް 2026 10:23
0

ސަހްޔޫނީ އަސްކަރިއްޔާއިން ބަންދުކޮށްފައިވާ މުސްލިމުންގެ މުޤައްދަސް ބިނާ، މަސްޖިދުލް އަޤްޞާ އަންނަ ބުރާސްފަތި ދުވަހު އަލުން ހުޅުވަން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، މިސްކިތް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިސް ނަމާދުގެ ވަގުތަށެވެ. ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ފަލަސްޠީނުގެ މުސްލިމުންނަށް މިސްކިތަށް ވަނުން މަނާކޮށް، ޖަމާޢަތުގައި ނަމާދުކުރުމަށް ހުރަސްއަޅާފައެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ މުސްލިމުންގެ އަޅުކަންކުރުމުގެ އަސާސީ ޙައްޤަށް އަރައިގަތުމުގެ ގޮތުން އިސްރާއީލުން ހިންގި ވަރަށް ނާތަހުޒީބު އަމަލެކެވެ.

މަސްޖިދުލް އަޤްޞާ އަލުން ހުޅުވުމުގެ މަޝްވަރާތައް ފެށިފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު އިއުލާންކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ. މަސްޖިދުލް އަޤްޞާގެ ހުރުމަތް ކަނޑައި، މުސްލިމުންނަށް ދަތިކުރުމަކީ އިސްރާއީލުން އަބަދުވެސް ތަކުރާރުކޮށް ކުރަމުން އަންނަ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.