ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Author
ހުސައިން
09 އޭޕްރިލް 2026 09:57
0

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ، ނުރައްކާތެރި ހާދިސާއެއް މިއަދު ހިނގައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނު 09:15 ހާއިރު ހިނގި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.

މި ހާދިސާ ހިނގި ވަގުތު އެ ތެޔޮ ބޯޓުގައި ގިނަ އަދަދެއްގެ ތެޔޮ ފީފާ ހުރިކަމަށް މައުލޫމާތު ލިބެއެވެ. ބޯޓުގައި ރޯވި އަލިފާންގަނޑު ފެތުރި، އޭގެ ކައިރީގައި އަޅާފައި އޮތް އިތުރު ތިން ދޯންޏެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ.

މި ހާދިސާ ހިނގި ސަރަހައްދާ ވަރަށް ކައިރީގައި ތެޔޮ ސްޓޭޝަނެއްގެ އިތުރުން ފީއަލީ އައިސްޕްލާންޓު ވެސް ހުރެއެވެ. އެހެންކަމުން، އަލިފާންގަނޑު އިތުރަށް ފެތުރިދާނެކަމުގެ ބިރު އޮތުމާއެކު، ހާލަތު ކޮންޓްރޯލް ކުރުމަށް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.