ވޭވަށު ބަނދަރު މަސައްކަތުގެ ބޮޑުބައި ނިންމައިފި

ވޭވަށު ބަނދަރު މަސައްކަތުގެ ބޮޑުބައި ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
13 ޖެނުއަރީ 2021 10:20
0

މ. ވޭވަށުގައި ތަރައްޤީކުރާ ޒަމާނީ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށްކުރިއަށް ދާއިރު، މި މަޝްރޫޢުގެ %63 މަސައްކަތް މިހާރު ނިމިފައިވާކަމަށް ވަނީ ބުނެފައެވެ. ވޭވަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރު ހެދުމަށް އެރަށުގެ ފަޅުން 56،925 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމުގެ މަސައްކަތް މިމަހުގެ 18 ވަނަ ދުވަހު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން 350 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 130 މީޓަރު ރިވެޓްމަންޓް ޖަހާ، 380 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރާއި އިންވެގެން ޕޭވްމަންޓް މަގު ހެދުމާއި، ނެރުބައްތިއާއި މަގުބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މ. ވޭވަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 48.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.