އެމެރިކާ-އިސްރާއީލް-އީރާން ހަނގުރާމަ: 45 ދުވަހުގެ ސުލްހައިގެ އެއްބަސްވުމަކާ ދިމާއަށް

އެމެރިކާ-އިސްރާއީލް-އީރާން ހަނގުރާމަ: 45 ދުވަހުގެ ސުލްހައިގެ އެއްބަސްވުމަކާ ދިމާއަށް

Author
ޙަސަން މުޙައްމަދު
06 އޭޕްރިލް 2026 11:28
0

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ 45 ދުވަހުގެ މުއްދަތަކަށް މެދުކަނޑާލުމަށް ގައުމުތަކުން މަޝްވަރާކުރަން ފަށައިފި ކަމަށް އެމެރިކާގެ 'އެކްސިއޯސް' ނޫހުން ރިޕޯޓުކޮށްފިއެވެ.

މަހަކަށްވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތަކަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔެއަށް ތެޔޮ ސަޕްލައިކުރާ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްލުމުގެ ބާރު އީރާނަށް އޮތުމެވެ. އެހެންކަމުން މި މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ، މިއީ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވަނީ ބެލެވިފައެވެ.

މި މަޝްވަރާތައް ކުރިއަށްދަނީ ޕާކިސްތާނާއި، މިސްރު އަދި ތުރުކީވިލާތް މެދުވެރިއެއްގެ ރޯލު އަދާކޮށްގެންނެވެ. އެމެރިކާ، އިސްރާއީލު އަދި ސަރަހައްދީ ބައެއް އިދާރާތަކާ ހަވާލާދީ އެކްސިއޯސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޯފް އާއި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ދެމެދު މެސެޖުތަކެއް ވަނީ ބަދަލުކުރެވިފައެވެ.

ނަމަވެސް، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކާ ހަމައަށް އާދެވުމުގެ ފުރުސަތު ކުޑަކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އީރާނުގެ އޮފިޝަލުން ވަނީ، ޣައްޒާ އަދި ލުބްނާނަށް ދިމާވެފައިވާ ފަދައިން، އެމެރިކާ އާއި އިސްރާއީލުން ބޭނުންވާއިރަށް ހަމަލާދެވޭ ފަދަ ހާލަތަކަށް ދާން އީރާނުން ބޭނުންނުވާކަން މެދުވެރިންނަށް ވަރަށް ސާފުކޮށް އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.