މާމިގިލީ ކައުންސިލްގެ އަޣުލަބިއްޔަތު ތާރީޚުގައި ފުރަތަމަ ފަހަރަށް ޖޭޕީއަށް ގެއްލިއްޖެ

މާމިގިލީ ކައުންސިލްގެ އަޣުލަބިއްޔަތު ތާރީޚުގައި ފުރަތަމަ ފަހަރަށް ޖޭޕީއަށް ގެއްލިއްޖެ

Author
ޙަސަން މުޙައްމަދު
06 އޭޕްރިލް 2026 11:27
0

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަން ރަށް، އދ. މާމިގިލީ ކައުންސިލްގެ އަޣުލަބިއްޔަތު ފުރަތަމަ ފަހަރަށް އެ ޕާޓީއަށް ގެއްލިއްޖެއެވެ.

މާޒީއަށް ބަލާއިރު އަބަދުވެސް ޖޭޕީގެ ކެންޑިޑޭޓުން ބޮޑު ކާމިޔާބީއެއް ހޯދަމުން އައި އެ ރަށުގެ ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން، މިދިޔަ ކައުންސިލް އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބުކުރެވުނީ އެންމެ ދެ ގޮނޑިއެވެ. އެއީ ކައުންސިލްގެ ރައީސްކަމުގެ ގޮނޑިއާއި މެންބަރުކަމުގެ އެއް ގޮނޑިއެވެ. މިއާއެކު ކައުންސިލްގެ ކޮންޓްރޯލް ވަނީ އެ ޕާޓީއަށް ގެއްލިފައެވެ. ދެން ހިމެނޭ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފައިވާއިރު، އަނެއް ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ.

ކައުންސިލްގެ އިތުރުން މާމިގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ނަތީޖާއަށް ބަލާއިރުވެސް ކުރި ހޯދާފައިވަނީ ޕީއެންސީންނެވެ. އެ ކޮމިޓީގެ ފަސް ގޮނޑީގެ ތެރެއިން ރައީސްގެ ގޮނޑިއާއެކު ޖުމްލަ ތިން ގޮނޑި ކާމިޔާބުކޮށް، ކޮމިޓީގެ މެޖޯރިޓީ ނަގާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.