މާލެ ސިޓީ ކައުންސިލް ވައްކަމުން ސަލާމަތް ކުރެވޭނީ ރުކަށް ވޯޓު ދީގެން: ޝުޖާ

މާލެ ސިޓީ ކައުންސިލް ވައްކަމުން ސަލާމަތް ކުރެވޭނީ ރުކަށް ވޯޓު ދީގެން: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 11:06
0

މާލެ ސިޓީ ކައުންސިލުން މިއަދު ފޮރުވިގެން ތިބެ ހިންގަމުންދާ ވައްކަމުން ސަލާމަތްކޮށް، ރައްޔިތުންނަށް ޚިދުމަތްދޭ ތަނަކަށް ހެދޭނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ކެންޑިޑޭޓުންނަށް ވޯޓުދީގެން ކަމުގައި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ވާދަ ކުރައްވާ ޝުޖާ ވިދާޅުވީ މާލެ ސިޓީ ކައުންސިލު ތެރެއިން މިއަދު އިވޭ އަޑަކީ ވައްކަމުގެ އަޑު ކަމަށެވެ. ސިޓީ ކައުންސިލުގައި މިހާރު ތިއްބެވި މެމްބަރުންގެ ދުލުންވެސް އަޑު އިވެމުންދަނީ ވައްކަމުގެ ވާހަކަތައް ކަމަށެވެ. އަދި ދެމުންދާ ޚިދުމަތްތަކުގައިވެސް ބޮޑެތި ވައްކަން ހިމެނި، ބޮޑެތި ތުހުމަތު ކުރެވޭއިރު، މިކަން ބަދަލު ކުރަންޖެހޭކަމަށް ޝުޖާ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުން އެމްޑީޕީއަށް ވޯޓުދީގެން މިހާތަނަށް ވީހަމަ އެއްވެސް ކަމެއް ނެތްއިރު، މިއީ މާލޭ ރައްޔިތުން ވިސްނަންވީ ވަގުތުކަމަށް ޝުޖާ ވިދާޅުވިއެވެ. މާލޭގެ ހުރިހާ މަޖިލިސް ގޮޑިއެއް އެމްޑީޕީ އަށްދީ، ކައުންސިލުދީ، ސަރުކާރު ދިނުމުންވެސް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި ރައްޔިތުންނަށް އޮޅުވާލަމުންދާ ދިއުމަށް ނިމުން ގެނައުމަށް ޝުޖާ ވަނީ ގޮވާލާފައެވެ. އެކަން ކުރެވޭނީ ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކޯލިޝަން ކެންޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށާއި، އެއީ ތަރައްޤީއާއި ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ކެންޑިޑޭޓުން ހިމެނޭ ކޯލިޝަން ކަމަށް ޝުޖާ ވިދާޅުވިއެވެ.

މިއީ ފެލްޓް އެޅި ޕާޓީ. ރަންވޭ ބޮޑުކުރި ޕާޓީ. ހޮސްޕިޓާ އަޅާ ޕާޓީ، މިސްކިތްތަކާއި، ބިނާތަކާއި، މަގުތަކާއި، ވަޒިފާގެ މަގު ތަނަވަސްކޮށްދޭ ޕާޓީ. މިޕާޓީން ނިކުންނާނީ ރައްޔިތުންގެ ޚިދުމަތްކުރުމަށް. މިއަދު މާލެ ސިޓީގައި ހިނގާކަންކަން ރައްޔިތުންނަށް ފެންނަންޖެހޭ. ލައިވް ކުރެވެންޖެހޭ.

– ޝުޖާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ ތަރައްޤީކުރަން ކަމަށްބުނެ މިހާތަނަށް ކުރި ކޮންމެ ކަމެއްގައި ފެނިގެންދިޔަ އޮޅުވާލުމާއި، ވައްކަމާއި ޚިޔާނާތްކަމަށެވެ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުލިބި މިއަދުވެސް މަގުމަތިވެފައިވާއިރު، ރައީސް ޔާމީން އެޅުއްވައި ދެއްވި ފުލެޓުތައްވެސް މިސަރުކާރުން ނިގުޅައިގަނެފައިވާކަމަށެވެ. ނަމަވެސް ޕީޕީއެމް ޕީއެންސީން ކައުންސިލާއި ހަވާލުވެ ސަރުކާރުން ނިގުޅައިގަނެފައިވާ މާލޭގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދެއްވާނެކަމަށް ޝުޖާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަސް
ވަގުންނަށް ވޯޓް ދީގެން ވައްކަމުން ސަލާމަތް ވާނެ ގޮތެއް ނުވިސްނުނު. އަޅެ ވަގަކު އެގޮތެއް ބުނެދީބަލަ.