ރައީސް ޔާމީންގެ ހުކުމް ފަސްކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: އާދަމް ޝަރީފް

ރައީސް ޔާމީންގެ ހުކުމް ފަސްކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 04:38
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ނިންމައި ހުކުމް ކުރުމަށް އޮތް ޝަރީއަތް ލަސްކުރުމަކީ އިންތިހާ އަށް ކަންބޮޑުވާ ކަމެއްކަމަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު އެެވެ. މިކުމް ކުރުމަށް ފުރަތަމަ ތާވަލު ކޮށްފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހަށެވެ. ނަމަވެސް ހައިކޯޓުން ބުނެފައިވަނީ މިހާރު ހުކުމް ކުރުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ފަސްކޮށްފައިވާކަމަށެވެ.

މިކަމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފު ހުކުމް ލަސްކޮށް ފަސް ކުރުމަކީ ނުހަނު ކަންބޮޑުވުން އޮތް ކަމެއްކަމުގައެވެ. ސިޔާސީ ގޮތުން ވަކި ކަންތައްތަކެއް ހާސިލް ކުރުމަށް ޝަރީއަތް ލަސްކުރުމަކީ ރައީސް ޔާމީނަށް މިހާރުވެސް ދެމުންދާ ނުހައްގު އަނިޔާއަށް އެޅޭ އިތުރު ބޮޅެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިމަހުގެ 14 އަށް ތާވަލު ކޮށްފައިވާ ރައީސް ޔާމީން ނުހައްގުން ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލިސް ފަސްކުރުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް! "ޖަސްޓިސް ޑިލައިޑް އިސް ޖަސްޓިސް ޑިނައިޑް" ސިޔާސީ ބޭނުމެއްގައި ސަރުކާރުން ރައީސް ޔާމީން އަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލަން.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

އިސްތިއުނާފުގެ އެންމެ ފަހު އަޑު އެހުމުގައި ރައީސް ޔާމީންވަނީ ގއ. ވޮޑަމުލާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ރަށެއްނޫންކަމަށް ވިދާޅުވެފައެވެ. އެރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގެ އެއްވެސް ވާހަކައެއް ރައީސް ޔާމީނާހަމައަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ރައީސް ކަމުގައި ހުންނަވައިގެން ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު އެކައުންޓަށް ޖަމާވި ފައިސާ ރައީސް ޔާމީން އިންވެސްޓްކޮށްފައިވާކަމަށެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފުގެ ހުކުމް އަންނަ ހަފްތާގެ ބްރާސްފަތި ދުވަހަށް ތާވަލް ކޮށްފައިވާއިރު، ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ދޭއް ޖަހާއިރު ކްރިމިނަލް ކޯޓުގައި ވަނީ ޝެޑިއުލްކޮށްފައެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.