އެމެރިކާގެ މަނަވަރަކަށް އީރާނުން މިސައިލް ހަމަލާއެއްދީ، ވަރުގަދަ އިންޒާރެއް ދީފި

އެމެރިކާގެ މަނަވަރަކަށް އީރާނުން މިސައިލް ހަމަލާއެއްދީ، ވަރުގަދަ އިންޒާރެއް ދީފި

Author
އަހުމަދު
26 މާރޗް 2026 10:30
0

އެމެރިކާގެ އަސްކަރީ މަނަވަރު "ޔޫއެސްއެސް އަބްރަހަމް ލިންކަން" އަށް އަމާޒުކޮށް އީރާނުން ކްރޫޒް މިސައިލް ހަމަލާއެއް ދީފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެ ގައުމުގެ އަސްކަރިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާ ދީފައިވަނީ އެއްގަމުން ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދިނުމަށް ބޭނުންކުރާ "ގާދިރު" މަރުކާގެ ކްރޫޒް މިސައިލުން ކަމަށެވެ. އަދި މި ހަމަލާއާ ގުޅިގެން އެމެރިކާގެ މަނަވަރަށް އެ އޮތް މިސްރާބު ބަދަލުކުރަން މަޖުބޫރުވި ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އީރާނުގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ޝަހްރާމް އިރާނީ ވިދާޅުވީ، އެމެރިކާގެ މަނަވަރުތަކުގެ ހަރަކާތްތައް އީރާނުން ވަރަށް ފަރުވާތެރިކަމާއެކު މޮނިޓަރ ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ދުޝްމަނުންގެ މަނަވަރުތައް އީރާނުގެ މިސައިލްތަކުގެ ރޭންޖަށް ވަންނަ ކޮންމެ ފަހަރަކު، އީރާނުގެ ކަނޑުގެ ސިފައިންގެ ފަރާތުން ވަރުގަދަ ހަމަލާތަކެއް އަމާޒުވާނެ ކަމުގެ ހަރުކަށި އިންޒާރުވެސް އޭނާ ވަނީ އެމެރިކާއަށް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.