މިއަހަރުގެ ފިޠުރު ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުންނާއި، މުޖުތަމަޢުގެ އެކުވެރިކަން އާލާކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ 33 ރަށެއްގައި ބޮޑު އީދު ސައި ބާއްވައިފިއެވެ.
ބީއެމްއެލްގެ ބްރާންޗުތައް ގާއިމުކޮށްފައިވާ ރަށްރަށުގައި ކުރިއަށްގެންދިޔަ މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކާވެސް ގުޅިގެންނެވެ. މި އީދު ސައިގެ އެންމެ ބޮޑު ބޭނުމަކީ އީދުގެ އުފާވެރި މާހައުލުގައި ރައްޔިތުން އެއްތަންވެ، އާއިލާތަކާއި ރަހުމަތްތެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް އެކުވެރިކަން އާލާކުރުމެވެ. މި ހަރަކާތުގެ ސަބަބުން ގިނަ ބަޔަކަށް އެއްތަނަކުން ބައްދަލުވެ، އީދުގެ ތަހުނިޔާ ބަދަލުކުރުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ.
މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދިނުމުގެ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ސިލްސިލާކޮށް ކުރިއަށްގެންދާ ވަރަށް މުހިންމު ހަރަކާތެކެވެ.
ކޮމެންޓު ފޮނުވާ