ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ފެންވަރަށްބަލާ ދޭ އެލަވެންސް ދިނުމުގެ ހުއްދަ ނުދިން

ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ފެންވަރަށްބަލާ ދޭ އެލަވެންސް ދިނުމުގެ ހުއްދަ ނުދިން

Author
މުޙައްމަދު ޖިމީ
12 ޖެނުއަރީ 2021 11:51
0

ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް ކޮންމެ ދެ އަހަރަކުން ދޭ އެލަވެންސް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައި ނުވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތު ފެންވަރަށް ރިޢާޔަތްކޮށް ކޮންމެ ދެ އަހަރަކުން ދޭ ސްޓެޕް އެލަވަންސް ހަމަޖެއްސުމާއި ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ސާރކިއުލާގައިވަނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރެވި، އެނިޒާމުގެ ތެރެއިން %70 އަށްވުރެ މަތިން މާކްސް ޙާޞިލް ކުރައްވާ ފަރާތްތަކަށް 2009 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން ދެމުން ގެންދިޔަ -/200 ގެ މުސާރައިގެ އިންގްރިމެންޓް 2015 އަދި 2016 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރަށް ރިޢާޔަތްކޮށް 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ހަމަޖެއްސިފައިވާކަމަށެވެ.

އަދި 2017  އާއި 2018 ވަނަ އަހަރުގެ މަސައްކަތު ފެންވަރަށް ރިޢާޔަތްކޮށް ދެންޖެހޭ މުސާރައިގެ އިންގްރިމެންޓް 01 އޮކްޓޯބަރު 2019 ގައި ހަމަޖެއްސުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކުރަންޖެހޭ ހުރިހާ އިދާރީ އިންތިޒާމްތައް ހަމަޖައްސައި، އެލަވަންސް މުވައްޒަފުންނަށް ދޫކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއިން ނަގަންޖެހޭ ހުއްދަ ހޯދުމަށް ހުށަހެޅުމުން ދައުލަތުގެ މުސާރަ އެއް ހަމަކުރުމަށް ޕޭ ރިވިއު ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަވާ ދަނޑިވަޅެއްގައި މުވައްޒަފުންގެ މުސާރައަށް އިތުރު ބަދަލެއް އަދި އެލަވަންސެއް ހަމަޖައްސައި ދިނުމަށް ދަތިވާކަމަށް ބުނެފައިވާކަމަށެވެ. އެހެންކަމުން އެހުއްދަ ފިނޭންސް އިން ދެއްވާފައިނުވާތީ، 2017 އަދި 2018ގެ މަސައްކަތު ފެންވަރަށް ރިޢާޔަތްކޮށްދޭ ސްޓެޕް އެލަވެންސް ޝަރުޢީ ދާއިރާގެ އެއްވެސް މުވައްޒަފަކަށް ހަމަޖެއްސިފައި ނުވާކަމަށް އެޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ އެ އެލަވެންސް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިހެން ބުނެފައިވާއިރު، ދައުލަތުގެ ހުރިހާ އިދާރާއެއްގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ޕޭ ރިވިއު ކޮމިޝަނުން ކުރާތާ ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެފައެވެ. އެގޮތުން އަހަރުތަކެއް މިކަމަށް ފާއިތުވީއިރުވެސް އަދިވެސް މުސާރަތައް އެއްހަމަ ކުރެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.