ސިވިލް ކޯޓުގެ 3 ގާޒީންގެ މަގާމަށް ބޮޑު ތަރުހީބެއް: 42 ފަރާތަކުން ކުރިމަތިލައިފި

ސިވިލް ކޯޓުގެ 3 ގާޒީންގެ މަގާމަށް ބޮޑު ތަރުހީބެއް: 42 ފަރާތަކުން ކުރިމަތިލައިފި

Author
އަހުމަދު
07 ޖުލައި 2026 08:02
0

ސިވިލް ކޯޓުން ހުސްވެފައިވާ ގާޒީކަމުގެ ތިން މަގާމަށް 42 ބޭފުޅަކު ކުރިމަތިލައްވައިފި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން (ނުވަތަ އެ ދެ ދާއިރާ ގުޅިފައިވާ) ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ތިން އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމެވެ.

މި މަގާމަށް އައްޔަންކުރެވޭ ގާޒީއަކަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 60,000 ރުފިޔާ ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައެޅިފައިވާ 37,700 ރުފިޔާއާއި، އެލަވަންސްގެ ގޮތުގައި ދެވޭ 22,300 ރުފިޔާއެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސްގެ އިނާޔަތްވެސް ގާޒީންނަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.