އައްޑޫ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް

އައްޑޫ މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް

Author
ޙަސަން މުޙައްމަދު
14 މާރޗް 2026 02:15
0

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މަރުވެފައި އޮއްވާ އިއްޔެ ހަވީރު ފެނުނު ބިދޭސީ މީހާއަކީ އޮސްޓްރޭލިއާއަށް ނިސްބަތްވާ މީހެއްކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުން ފެނިފައިވަނީ އުމުރުން 60 އަހަރުގެ ޑެނިއަލް ޑީ ޖިއޮވީން ނަމަކަށް ކިޔާ އޮސްޓްރޭލިއާ ރައްޔިތެކެވެ. އޭނާއަކީ ވިސާއެއްގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ މީހެއްކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި ހާދިސާގައި ފުރަތަމަ އެއީ ކާކުކަން ނޭނގިގެން، އޭނާ ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދުނެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ފުލުހުންނަށް ވަނީ އެމީހާގެ ވަނަވަރު ދެނެގަނެވިފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު އަންނަނީ، މި މީހާ މަރުވާން މެދުވެރިވި ސަބަބު ހޯދައި މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.