އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 5 މީހަކު ނިޔާވެއްޖެ

އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 5 މީހަކު ނިޔާވެއްޖެ

Author
ހުސައިން
13 މާރޗް 2026 11:24
0

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:00 ހާއިރުއެވެ. އަލިފާން ރޯވެފައިވަނީ ބިދޭސީ މަސައްކަތްތެރިން އުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. މި ހާދިސާގައި ފަސް މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އިތުރު އަށް މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އަނިޔާވި މީހުންގެ ތެރެއިން ހާލު ސީރިއަސްވެ، ބޮޑަށް ފިހުނު ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފައެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ކައްކަން އުޅުމުގެ ތެރޭގައި ގޭސް ލީކުވުމުގެ ސަބަބުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.