ނައިފަރުން މަސްތުވާ ތަކެއްޗާއިއެކު ދެމީހަކު ހައްޔަރު ކޮށްފި

ނައިފަރުން މަސްތުވާ ތަކެއްޗާއިއެކު ދެމީހަކު ހައްޔަރު ކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 11:23
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެނެސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. މި ދެ މީހުން ނަކީވެސް ދެ ދިވެހިންނެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ނައިފަރަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޖެނުވަރީ މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ނައިފަރު ބަނދަރު ސަރަހައްދުންނެވެ.

މާލެއިން ފުރައިގެން ނައިފަރަށް އައި ދޯންޏަކުން އެރަށް ބޭލި ފޮށިގަނޑެއް ހިފައިގެން ދަނިކޮށް އެދެމީހުން ހުއްޓުވައި، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމުހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ތަހުޤީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަންތިރި
އަސްކަރީ ގުޅުމުގެ ފޮނިމީރުކަން