ޗައިނާގެ ޒެޖިއަން ޔުނިވާސިޓީގައި ޕީއެޗްޑީ ފުރިހަމަކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ދިވެހި ދަރިވަރުންނަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީން މިފަހަރު ހުޅުވާލާފައިވަނީ ޒެޖިއަން ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ގްލޯބަލް ޑިވެލޮޕްމަންޓްގައި އެޕްލައިޑް އިކޮނަމިކްސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަކުރުމަށެވެ. މި ސްކޮލާޝިޕްތަކަށް ޝަރުތު ހަމަވާނީ އެޕްލައިކުރާ ކޯހާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ކޮންމެ ދަރިވަރަކަށްވެސް ކުރިމަތިލެވޭނީ މީގެ ތެރެއިން އެންމެ ކޯހަކަށެވެ.
މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވާ ބުދަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރަންޖެހޭނެއެވެ. ސްކޮލާޝިޕާ ގުޅޭ އިތުރު ތަފްސީލްތައް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުންނާއި ޕޯޓަލްއިން ލިބެން ހުންނާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ