ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެޗްޑީސީގެ ކަސްޓަމަރ ކެއަރ ހުޅުވާފައި ހުންނާނީ 10:00 އިން 12:00 އަށް

ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެޗްޑީސީގެ ކަސްޓަމަރ ކެއަރ ހުޅުވާފައި ހުންނާނީ 10:00 އިން 12:00 އަށް

Author
އަހުމަދު
09 މާރޗް 2026 06:08
0

ރަމަޟާން މަހުގެ ފަހު ދިހައަކާ ދިމާކޮށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކަސްޓަމަރ ކެއަރ ސެންޓަރުތަކުން ޚިދުމަތް ދޭނެ ގަޑިތައް އެ ކުންފުނިން އާންމުކޮށްފިއެވެ.

އެޗްޑީސީން އާންމުކޮށްފައިވާ ގޮތުގައި، މާރިޗު މަހުގެ 9 ވަނަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޕަރޭޝަންގެ ކަސްޓަމަރ ކެއަރ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. މި ގަޑިތަކުގައި ޚިދުމަތް ލިބޭނީ ސެންޓްރޯ އަދި ވިނަރެސްގައި ގާއިމުކޮށްފައިވާ އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުތަކުންނެވެ.

ރޯދަ މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، އާންމު ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ކުންފުނިތަކުން އަންނަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަމުންނެވެ. އެގޮތުން މިއަދުން ފެށިގެން ސަރުކާރުގެ ރަސްމީ އިދާރާތައް ބަންދުވި ނަމަވެސް، ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި އެޗްޑީސީގެ ޚިދުމަތްތައް ކަސްޓަމަރުންނަށް ލިބެން ހުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.