ދައުލަތުގެ އިމާރާތަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ މުއްދަތެއް އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ، އެ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވުމުންނެވެ. އޭގެ ތެރޭގައި ކުށުގެ ވެއްޓަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓު ހިމެނެއެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ދައުލަތުގެ އިމާރާތަކުން އޭނާ ވައްކަންކުރި މައްސަލައިގައި ފުލުހުން އޭނާ ހުއްޓުވަން އުޅުމުން ފިލަން މަސައްކަތްކޮށްފައިވާކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މިއީ މީގެ ކުރިންވެސް ވައްކަމުގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް، ބަންދުގެ ރެކޯޑު އޮތް މީހެއްކަން ކޯޓުގައި ވަނީ ހާމަވެފައެވެ.
ކޮމެންޓު ފޮނުވާ