ލަންކާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު މުއީން އަށް ގެއްލިއްޖެ

ލަންކާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު މުއީން އަށް ގެއްލިއްޖެ

Author
މުޙައްމަދު ޝަޒައިމް
12 ޖެނުއަރީ 2021 10:01
0

ސްރީލަންކާ އާއި އިންގްލަންޑާއި ދެމެދު ކުޅުމަށް ހަމަޖެހިފައި ޓެސްޓް ދެމެޗުގެ ތެރެއިން ފުރަތަމަ މެޗްގައި އިންގްލަންޑްގެ އޯލް ރައުންޑަރ މުއީން އަލީއަށް ނުކުޅެވޭނެކަން އެޓީމްގެ ކޯޗް ކްރިސް ސިލްވަރވުޑް ހާމަކޮށްފިއެވެ.

މުއީންވަނީ ޓެސްޓް މެޗްތަށް ކުޅުމަށްޓަކައި 4 ޖެނުއަރީގައި ސްރީލަންކާއަށް އިންގްލަންޑް ޓީމް ދަތުރުކުރި ދުވަހު އެއަރޕޯޓްގައި ކުރި ޓެސްޓްގައި ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެފައެވެ. މުއީންއާ ކޮންޓެކްޓް ވެފައިވުމުގެ ސަބަބުން އެކަހެރި ކުރެވުނު ކްރިސް ވޯކްސް ޓީމާއި މިހާރު ގުޅިފައިވީ ނަމަވެސް މެޗަށް ފުރިހަމައަށް ފިޓްވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އިންގްލަންޑްގެ ކޯޗު ހާމަކުރިއެވެ.

ސިލްވަރވުޑް ހާމަކުރިގޮތުގައި މުއީން އަދިވެސް ހުރީ އެކަހެރި ކުރެވިފައި ކަމަށާއި އެހެން ކަމުން މިއަންނަ ބުރާސްފަތި ދުވަހު ފަށާ ފުރަތަމަ މެޗްގައި އޭނާ ނުފެންނާނެ ކަމަށެވެ. އިންގްލަންޑްއިން ވަނީ ކޮރޯނާ ވައިރަސް ޖެހިދާނެ ކަމަށްޓަކައި އިތުރު ކުޅުންތެރިން ޓީމްގައި ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.