ސަޢީދުގެ ރައްދު ފައްޔާޟަށް: އޮށްޓަރުހުރި ވާހަކަ ދައްކަވާ

ސަޢީދުގެ ރައްދު ފައްޔާޟަށް: އޮށްޓަރުހުރި ވާހަކަ ދައްކަވާ

Author
މުޙައްމަދު ޖިމީ
11 އޮކްޓޯބަރ 2020 05:31
0

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ސަރުކާރުން ދައްކަނީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްކަމަށް ވިދާޅުވެ އެއެއްބަސްވުން އެކުލަވާލި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު މިހާރުގެ އިކޮނޮމިކް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އޭގެ ސަބަބުން އެހެން ޤައުމުތަކާއެކު އޮންނަ ވިޔަފާރިގެ ގުޅުމަށް ހީނަރުކަމެއް އަންނާނެ އެއްބަސްވުމެއްކަމަށް ރޭ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ. އަދި އެ އެއްބަސްވުމުން ދައުލަތަށް ވާނީ ގެއްލުންކަމަށްވެސް ފައްޔާޒް ވިދާޅުވެފައިވުމުން އެއަށް ަރއްދުދެއްވާ މާވަށު ދާއިރާގެ މެންބަރު އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަ ސަރުކާރުން ދައްކަނީ އެއްވެސް ޒިންމާދާރުކަމެއް ނެތިކަމަށާއި، ހުސްވާހަކަތަކެއް ނުދައްކާ އޮއްޓަރު ހުރި އެންމެ މިސާލެއް ދެއްވުމަށް ސަޢީދު ވަނީ ގޮވާލާފައެވެ.

" ހުސްވާހަކަ ނުުދައްކަވާ، އޮއްޓަރު ހުރި އެންމެ މިސާލެއް ދެއްވާ. އެ ހިތްވަރު ސަރުކާރުގައި ހުންނަންވާނެ. އެފްޓީއޭގެ ސަބަބުން ރާއްޖެ އަކީ ސީފުޑް އަދި އަގުބޮޑު މުދަލުގެ ރީ-އެކްސްޕޯޓް ހަބަކަށް ހެދޭނެ" ސަޢީދު ވިދާޅުވިއެވެ."

 

ފައްޔާޒް ރޭ ވިދާޅުވެފައިވަނީ ޗައިނާއިން ޑިއުޓީއެއްނެތި މުދާ އެތެރެކުރެވުނު ނަމަވެސް ޗައިނާފަދަ ބޮޑު ޤައުމަކުން އެތެރެކުރެވޭ މުދަލުން ސުން ޕަސެންޓް ޑިއުޓީ ނެގުމަށްފަހު އެހެން ޤައުމުތަކުގެ މުދަލުން އެއަށްވުރެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމަކީ ޒަމާނުއްސުރެ ވިޔަފާރީގެ ގުޅުން އޮތް ޤައުމުތަކާއިއެކު އޮތް ވިޔަފާޜިގެ ގުޅުމަށް ބުރޫ އަރާނެކަމެއްކަމަށެވެ. އަދި އެމަނިކުފާނު އިޤްތިޞާދާބެހޭ ވަޒީރަކަށް ހުރެ އެފަދަ އެއްބަސްވުމެއް އެކުލަވާނުލައްވާނެކަމަށްވެސް ވިދާލުވިއެވެ.

ރާއްޖެއާއި ޗައިނާ އާ ދެމެދު އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ސަރުކާރާއި ސަރުކާރަށް ތަޢިދުކުރާ މެންބަރުން އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.