ކޯވިޑް-19: އަދަދުތައް ތިރިނުވޭ، މިއަދުވެސް އިތުރު 50 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އަދަދުތައް ތިރިނުވޭ، މިއަދުވެސް އިތުރު 50 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
11 ޖެނުއަރީ 2021 10:00
0

ރާއްޖެއިން އިތުރު 50މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 19 މީހުންނާއި، އަތޮޅުތެރޭގެ ރައްތަކާއި ރިސޯޓުތަކުން 31 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 14،159 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 29 މީހުންނެވެ. މިއަދަދާއެކު ޖުމްލަ 13،365 މީހުން މިހާތަނަށް ބަލިން ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ވަނީ 738 އަށް އިތުރު ވެފައެވެ.

ކޯވިޑް ބަލީގެ ސަބަބުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދަނީ 54 ބަލިމީހަކަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 3،129 ސާމްޕަލައެކު މިހާތަނަށް ޖުމްލަ 345،551 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 49 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.