ބާޒާރުގައި އަގުތައް އުފުލުނަސް، އެސްޓީއޯ ސުޕަމާޓުން އަދިވެސް ހެޔޮ އަގުގައި އޮރެންޖު ލިބެން އެބަހުރި

ބާޒާރުގައި އަގުތައް އުފުލުނަސް، އެސްޓީއޯ ސުޕަމާޓުން އަދިވެސް ހެޔޮ އަގުގައި އޮރެންޖު ލިބެން އެބަހުރި

Author
ޙަސަން މުޙައްމަދު
21 ފެބްރުއަރީ 2026 07:07
0

މިއަހަރުގެ ރޯދަމަހު މާލޭގެ ބާޒާރުގައި އެންމެ ތަދު މޭވާގެ ގޮތުގައި ފާހަގަކުރެވުނު އޮރެންޖު ލިބުން އިންތިހާއަށް ދަތިވެ، މިއަދު އޮރެންޖެއްގެ އަގު 15 ރުފިޔާއަށް އުފުލިއްޖެއެވެ.

ރޯދަމަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި އޮރެންޖެއްގެ އަގު ހުރީ 10 ރުފިޔާއާއި 12 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް، މިއަދުގެ ނިޔަލަށް އައިއިރު، މާރުކޭޓުގެ އެންމެ ދެތިން ގޮޅިއަކުން ނޫނީ އޮރެންޖު ލިބެން ނެތްއިރު، ބާޒާރުމަތީގެ ފިހާރަތަކުން ވެސް މި ބާވަތް ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ.

ބާޒާރުގައި އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، އެސްޓީއޯ ސުޕަމާޓުން އަދިވެސް ހެޔޮ އަގުގައި އޮރެންޖު ލިބެން އެބަހުއްޓެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ އޮރެންޖު، އެސްޓީއޯއިން ވިއްކަމުންދަނީ ކިލޯއެއް 40 ރުފިޔާގެ ރޭޓުންނެވެ. މިއީ އާންމު ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑުތަނުން ހެޔޮ އަގެކެވެ. އެގޮތުން އެސްޓީއޯއިން ގަންނަނަމަ އޮރެންޖެއްގެ އަގު ޖެހެނީ ގާތްގަނޑަކަށް 6 ރުފިޔާއަށެވެ.

އޮރެންޖަކީ ދިވެހިން ރޯދަ ވީއްލާ ގަޑީގައި ފަނި ގިރުމަށާއި، އަދި ރޯގާ ޖެހި ހުން އައުން ފަދަ ސިއްހީ ހާލަތްތަކުގައި ވެސް ވަރަށް އާންމުކޮށް ބޭނުންކުރާ، ޑިމާންޑް ބޮޑު މޭވާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.