ރައީސް ޞާލިހާއި، ރައީސް ނަޝީދު އައްޑޫ ރައްޔިތުން ބާކީ ކޮށެއް ނުލާނެ: އަލީ ނިޒާރު

ރައީސް ޞާލިހާއި، ރައީސް ނަޝީދު އައްޑޫ ރައްޔިތުން ބާކީ ކޮށެއް ނުލާނެ: އަލީ ނިޒާރު

Author
މުޙައްމަދު ޝަޒައިމް
11 ޖެނުއަރީ 2021 04:47
0

އެމްޑީޕީގެ ވެރިކަމެއްގައި ރައީސް ޞާލިހު ވެރިކަމުގައި ހުރެ އެވެރިކަމުގައި އެހީތެރިވުމަށް ރައީސް ނަޝީދު ހުންވަނިކޮށް އައްޑު ރައްޔިތުން ބާކީކޮށް ނުލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް ވާދަަ ކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައިވަނީ އައްޑޫ ޕޮލިސް އެކަޑަމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ވިސްނާފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ތައީދުކޮށް ކުރެއްވި ޓްވީޓުގައެވެ. އަލީ ނިޒާރު ވިދާޅުވީ މިއީ އައްޑޫ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އުންމީދު ކަމަށެވެ. މިވެރިކަމުގައި އައްޑޫ ރައްޔިތުންނަކީ ބާކީ ނުވާނެ ބައެއްކަން މިހާތަނަށްވެސް ހާމަވެފައިވާކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

މިއަކަށް ވުރެ ވަކި ބޮޑު އުންމީދެއް އައްޑޫ ރައްޔިތުންނަށް ލިބިނުދާނެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަދި ރައީސް މުހައްމަދު ނަޝީދު އައްޑު ރައްޔިތުން ބާކީ ކޮށެއް ނުލާނެ.

– އަލީ ނިޒާރު ވިދާޅުވިއެވެ.

އަލީ ނިޒާރު ވަނީ މިސަރުކާރުން އައްޑޫ ސިޓީގެ ތަރައްޤީ ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިއްޔެވެސް ވިދާޅުވެފައެވެ. އެގޮތުން އައްޑޫ ސިޓީގެ އެކި ރަށްތަކަށް ބޭނުންވާ ތަރައްޤީގެ ކަންކަން ކުރުމަށް 400 މިލިޔަން ޑޮލަރ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.

އައްޑޫ ތަރައްޤީއަށް ގިނަ މަސައްކަތް ތަކެއް ކުރައްވާ އަލީ ނިޒާރު ވިދާޅުވީ އެމްޑީޕީން އައްޑޫ ރައްޔިތުންނަށް ދެރަ ގޮތެއް ނުހައްދަވާނެ ކަމަށެވެ. އެމްޑީޕީން މިހާތަނަށް ކޮށްފައިވާ ވެރިކަމުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ގިނަ މަޝްރޫޢުތަކެއް އައްޑުގައި ހިންގަވާފައިވާމަށް އަލީ ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ތަރައްޤީއަށް މިސަރުކާރުން މާބޮޑު އަޅާލުމެއް ނުދެއްވާކަމަށް ބައެއް ފަރާތްތަކުން ބަމުން ދިޔަ ނަމަވެސް އައްޑު ތަރައްޤީކޮށް، އައްޑޫ ރައްޔިތުންނަށް ބޭނުންވާ ކަންކަން މިސަރުކާރުން ފަހި ކޮށްދެއްވާނެކަމަށް ސަރުކާރުގެ އިސް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އަދި މިހާރުވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މިފެށުނު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް އައްޑޫ ތަރައްޤީއަށް ފެށިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.