ކައުންސިލް އިންތިހާބު: ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފި

ކައުންސިލް އިންތިހާބު: ސަރުކާރު ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފި

Author
އަލީ ރައޫފް
19 ފެބްރުއަރީ 2026 05:38
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގައި ދޮރުން ދޮރަށް ހިންގަވަން މިއަދު ފައްޓަވައިފިއެވެ.

މި ކެމްޕެއިން ހަރަކާތް ފެއްޓެވުމުގެ ގޮތުން ރައީސް މިއަދު ވަޑައިގެންނެވީ މާފަންނު ހުޅަނގު ދާއިރާގެ ގެތަކަށެވެ. އެގޮތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ، މާލޭ ސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު އަރީޝަށް ތާއީދު ހޯއްދެވުމަށް އެމަނިކުފާނު ވަނީ އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ވެރިކަން ކުރާ ޕީއެންސީން ހާމަކުރި ގޮތުގައި، އިންތިހާބުގެ ފޯރި ގަދަވަމުން އަންނައިރު ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ރައީސް މުއިއްޒު ދޮރުން ދޮރަށް ހިންގަވައި، ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެއެވެ.

ރައީސް މުއިއްޒު ކެމްޕެއިނަށް ގެތަކަށް ޒިޔާރަތް ކުރައްވަން ފެއްޓެވިއިރު، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ގެންދަވަނީ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން މެޑަމް ސާޖިދާ އަންނަނީ ކެންޑިޑޭޓުންގެ ޖަގަހަތައް ހުޅުވުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.