ނައިފަރުގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް

ނައިފަރުގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
11 ޖެނުއަރީ 2021 03:39
0

ޅ.ނައިފަރުގައި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ކުރިއަށްދާ ކަމަށް ވިދާޅުވެއްޖެއެވެ.

ނައިފަރުގައި މަސްތުވާތަކެތި އަތުލައިގަތުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށްޓަވާފައިވާއިރު ފުލުހުންވަނީ މިދިޔަ އަހަރުވެސް މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައެވެ. މީގެތެރޭގައި މަސްތުވާތަކެތީގެ ބޮޑު 7 ނެޓްވޯކަކާ ގުޅުންހުރި ކޭސްތަކެއް ފުލުހުންވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ މިފަދަ އޮޕަރޭޝަނާއި ހުޅުމާލޭ ފަޅުތެރެއިން އަތުލައިގަތް މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެވި ބަންގްލަދޭޝް މީހެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެއްޗާއެކު ޖުމްލަ 203 ކިލޯގެ މަސްތުވާތަކެތި ފުލުހުންވަނީ ނައްތާލާފައެވެ. މިތަކެތީގެ މަގުމަތީގެ އަގު ދުއިސައްތަ މިލިއަނަށްވުރެ މައްޗަށް އަރާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިއޮޕަރޭޝަންތަކުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތަޙުގީގު ނިންމާ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުންވަނީ ޢާއްމުންނާއި މީޑިއާގެ ކުރިމަތީގައި މިތަކެތި ނައްތާލާފައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ދެފުށް ފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށް ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މަސްތުވާތަކެތީގެ ތަޙުގީގު އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާ ނައްތާލެވޭނެ އިންތިޒާމެއް މިހާރުވަނީ ޤާއިމުކޮށްފައެވެ. އަދި މިދިޔަ އަހަރު ތެރޭގައި ހިންގުނު ބޮޑު ހަތް ނެޓްވޯކަށް ނިސްބަތްވާ ގިނަބައެއްގެ ޝަރީޢަތް ކުރިއަށްގެންދިޔުމަށް ޕީޖީ މެދުވެރިކޮށް މައްސަލަތައްވަނީ ކޯޓަށް ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.