އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، އެކި ދުވަސް މަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައުލޫމާތާއި ފޮޓޯ ފުލުހުން މިއަދު އާންމުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހމ. ހައިރާތު، އުމުރުން 27 އަހަރުގެ އަލީ އަފްލަހުއެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކަމަށްވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަފްލަހު ހައްޔަރުކޮށްފައިވަނީ އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދުގެ ކުޑަކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ. މި އަމަލު އޭނާ ހިންގާފައިވަނީ އެ ކުއްޖާއާ މެދު އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރެގެން ކަމަށްވެސް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ