ރޭޕާއި ޖިންސީ ފުރައްސާރަ އާ ދެކޮޅަށް ޖެންޑަރ މިނިސްޓްރީ ހިމެނޭ ސަރަހައްދުގައި ކުރަމުންދިޔަ މުޒާހަރާ ގިނަ އަދަދެއްގެ ފުލުހުން އައިސް ރޫޅާލައި، ބައެއް މީހުން ހައްޔަރުކޮށްފިއެވެ.
މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމުގައި ފުލުހުން ވަނީ ވަކިވަކި މީހުންނަށް ޓާގެޓްކޮށް، މީހުން ހައްޔަރު ކޮށްފައެވެއެވެ. މިހާތަނަށް 5 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންފޮސްފައެވެ. ބައެއް މީހުން ހައްޔަރު ކުރުމުގެ ތެރޭގައި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ.
މި މުޒާހަރާއަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު މިނިސްޓްރީއަށް ފޮނުވި ސިޓީއަށް މިއަދާއި ހަމަޔަށްވެސް ޖަވާބު ނުދިނުމާއި އަންހެނުންނަށްކުރާ ޖިންސީ ފުރައްސާރަތަށް ސީރިއަށް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ގޮވާލައި ކޮށްފައިވާ މުޒާހަރާއަކެވެ. މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ނިސްބަތްވާ އަންހެން ކަނބަލުންނެވެ.
މުޒާހަރާ ރޫޅާލުމުގައި ގިނަ އަދަދެއްގެ ފުލުހުންގެ ބައިވެރިވެފައިވާއިރު، ފުލުހުން ވަނީ އެއްވި މީހުން އެސަރަހައްދުން ފޮނުވާލައި މަގުތަކުގެ ސަލާމީ ކަންކަން ބަލަހައްޓަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ