ދެ ގައުމު ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ތާރީހީ މުނާސަބަތާ ދިމާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަރުމަނަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ރަސްމީ މަޝްވަރާތައް މިއަދު ވަނީ ބާއްވަވާފަ އެވެ.
ޖަރުމަނުގެ ރައީސްގެ ރަސްމީ ގެކޮޅު، ޝްލޮސް ބެލެވޫގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރައީސް މުއިއްޒާއި ޖަރުމަނުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާ، ދެ ގައުމުގެ ގުުޅުން ހަރުދަނާކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ. ދެ ފަރާތަށް ވެސް ފައިދާހުރި ގޮތަކަށް ބައިނަލްއަގުވާމީ ވެދާނެ. ދިރިއުޅޭ ދިވެހިންނަށް ފައިދާ ލިބޭ ގޮތަށް، ރަސްމީ އެއްބަސްވުންތަކާއި ދެ ގައުމު ގުޅިގެން ކުރެވޭ ކަންކަން އިތުރުކުުރުމަށް ދެ ބޭފުޅުން ތާއީދު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ދަތުރުފުޅުގައި ރައީސް ވަނީ "މޯލްޑިވްސް–ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް" ގައިވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.
ކޮމެންޓު ފޮނުވާ