މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފި

މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފި

Author
ހުސައިން
08 ފެބްރުއަރީ 2026 11:50
0

މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން އެދިއްޖެއެވެ.

މެޓް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މާދަމާއިން ފެށިގެން މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ވާރޭވެހުން މަދުވި ނަމަވެސް، ކުރިއަށް އޮތް ހަފްތާ ބަންދުގައި އަލުން ވިއްސާރަ ކުރާނެކަމަށް ލަފާކުރެވެއެވެ. ޚާއްސަކޮށް މެދުރާއްޖެތެރެއަށް ވައިގަދަވާނެ ކަމަށް ބެލެވޭއިރު، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި އުތުރާއި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރައްވައެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.