ޕެންޝަން އޮފީހުގެ ބޯޑުގެ އިތުރު މެމްބަރަކު އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީހުގެ ބޯޑުގެ އިތުރު މެމްބަރަކު އިސްތިއުފާ ދެއްވައިފި

Author
ޙަސަން މުޙައްމަދު
06 ފެބްރުއަރީ 2026 06:49
0

ޕެންޝަން އޮފީހުން ގެންގުޅޭ އިންވެސްޓްމަންޓް ސިޔާސަތުތަކާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، އެ އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައި، ބޯޑު މެންބަރު މުހައްމަދު މާދިން ލަތީފް ވެސް މަގާމުން ވަކިވެވަޑައިގެންފިއެވެ.

މިދިޔަ އަހަރުގެ މެއި މަހު ބޯޑަށް އައްޔަންކުރެއްވި މާދިން މަގާމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގައެވެ. މާދިންގެ އިތުރުން، ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ވެސް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މި ކުއްލި އިސްތިއުފާތަކުގެ މައިގަނޑު ސަބަބަކީ ޕެންޝަން ފަންޑުގައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު، އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރުމަށް ނިންމި ނިންމުމެވެ. މިދިޔަ އަންގާރަ ދުވަހު ނިންމި މި ނިންމުމާ މެދު ހިތްހަމަޖެހިވަޑައިނުގެން، މިހާތަނަށް އެ އޮފީހުގެ އިސް ފަސް ބޭފުޅަކު ވަނީ މަގާމު ދޫކޮށްލައްވާފައެވެ.

މި ސިލްސިލާގެ ތެރެއިން މި މަހުގެ ފުރަތަމަ ދުވަހު ޗެއާޕާސަން އަހުމަދު އިނާޒު އިސްތިއުފާ ދެއްވިއިރު، އޭގެ ކުރިން ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފައުޖީ އަދި ބޯޑު މެންބަރު ސަރުވަޝް އާދަމް ވެސް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.