އިހަވަންދޫ ބަނދަރުގެ 35 އިންސައްތަ މަސައްކަތް ނިންމައިފި

އިހަވަންދޫ ބަނދަރުގެ 35 އިންސައްތަ މަސައްކަތް ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
11 ޖެނުއަރީ 2021 11:16
0

ހއ.އިހަވަންދޫއަކީ އުތުރުގެ ރައްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އެއް ރަށެވެ. ރަށުގެ ރައްޔިރުންގެ އިތުރަށް އެކި ޚިދުމަތްތަކުގައި ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު އެރަށަށް ދަތުރުކުރެއެވެ.

އިހަވަންދޫގެ ބަނދަރު ކަނޑައެޅިފައިވާ ތާރީހަށް ނިންމުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާއިރު، ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 35 ޕަސެންޓް މިހާރުވަނި ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 59 ޕަސެންޓްވެސް މިހާރުވަނީ ނިންމާފައެވެ.

އިހަވަންދޫ ބަނދަރު ތަރައްޤީކުރަނީ ބޭރު ތޮއްޓަށްވެސް ދޯނިފަހަރާއި ބޯޓުފަހަރު ގާތްކުރެވޭގޮތަށެވެ. ކޯވިޑްގެ ޙަލަތާއި ގުޅިގެން ބަނދަރުގެ މަސައްކަތުގައި ލަސްތަކެއް ދިމާވިނަމަވެސް، މިހާރު އަނެއްކާވެސް ބާރު ސްޕީޓްގައި މަސައްކަތް ދަނީ ކުރިއަށެވެ. އިހަވަންދޫ ބަނދަރަށް 95 މީޓަރުގެ އެއްގަމު ތޮއްޓާއި، 284 މީޓަރުގެ ބޭރު ތޮށި އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުއަކީ 48.5 މިލިއަން ރުފިޔާގެ މަޝްރޫޢެއް.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.