މާލޭގައި ދިރިއުޅޭ ގެއެއްގެ ދޮރަށް ގެއްލުންދީ، އަމިއްލަ ނަފްސަށް އަނިޔާކުރަން އުޅުނު މައްސަލައެއްގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މި މީހާއަކީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ، އަދި އެކަމަށް ބޭސްކުރަމުންދާ މީހެއްކަން ކޯޓު އަމުރުން އެނގެން އޮވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ދިރިއުޅޭ ގޭގެ ދޮރު ހަލާކުކޮށްލައި، އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަށް މަސައްކަތް ކުރުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި އޭނާ ވަނީ އޭނާގެ މަންމައަށް ބިރުދައްކާފައެވެ. އަދި މިފަހަރުގެ ހާދިސާގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައިވާތީ، ޝަރީއަތުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ