ރައްޔިތުންގެ ރިޓަޔާމަންޓް ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ސަރުކާރަށް 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަން ޑރ. އަޙްމަދު އިނާޒް މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕެންޝަން އޮފީހަކީ ދިވެހި ރައްޔިތުންގެ މުސްކުޅިކުރާ ފައިސާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ އިންވެސްޓްކޮށްގެން ފައިދާ ހޯދުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވާ މުއައްސަސާއެވެ. ނަމަވެސް، ސަރުކާރުގެ ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި، ޕެންޝަން އޮފީސް މެދުވެރިކޮށް ބޮޑު އަދަދެއްގެ ފައިސާ ނަގަން ސަރުކާރުން މަސައްކަތް ކުރަމުންދާ މައްސަލައިގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ޑރ. އިނާޒް މަޤާމުން ވަކިވެވަޑައިގެންފައި މިވަނީ މި ބޮންޑު ވިއްކުމުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާ ވަގުތެއްގައެވެ. ރައްޔިތުންގެ ފައިސާގެ ރައްކާތެރިކަމާމެދު ސުވާލު އުފެދި، މިކަމާ ގުޅިގެން ޕެންޝަން އޮފީހުގެ ބޯޑަށް ފިއްތުންތަކެއް ކުރިމަތިވެފައިވާކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.
ޑރ. އިނާޒް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، މިއީ ސަރުކާރުން ނަގަން އުޅޭ ބޮންޑުގެ މައްސަލައާ ގުޅުންހުރި ނިންމެވުމެއް ކަމަށް ބެލެވެއެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓު ފޮނުވާ