ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް އަޙްމަދު ސަލީމް (ބޮޑު ހީނާ) ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހީނާ ކޯވިޑަށް ޕޮޒިޓީވް ވެފައިވަނީ މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހުގައެވެ. އޭނާ ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު ހުންނެވީ ގޭގައި އައިސޮލޭޓް ވެގެންނެވެ. ހީނާ ޕޮޒިޓިވް ވުމާއި ގުޅިގެން ޔޫތު މިނިސްޓްރީ ތެރެއިން އޭނާއާއި ކޮންޓެކްޓްވި ބައެއް ސްޓާފުން ވަނީ ގޭގައި މަޑުކުރަން އަންގާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ހެންވޭރު ހީނާގަސްދޮށުގެ އަޙްމަދު ސަލީމް އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އަޙްމަދު ސަލީމަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން އަޙްމަދު ސަލީމް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާޞިލްކުރައްވާފައެވެ
އަޙްމަދު ސަލީމް ވަނީ ކުޅިވަރުގެ ދާއިރާއިން އެކި ފެންވަރުގެ ތަމްރީންތައް ވެސް ހާޞިލްކުރައްވާފައެވެ. ހިނާއަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ފުޓްބޯޅައިގެ ވައިޑީޕީ ޕްރޮގްރާމް ހިންގާ ފަރާތެވެ. އާމްދަނީއެއްގެ ގޮތުގައިވެސް ސަމީލް ކުރާ މަސައްކަތަކީ ފުޓްބޯޅަ ވައިޑީޕީގެ މަސައްކަތެވެ. އަހުމަދު ސަލީމް އާންމުންގެ ތެރޭގައި މަޝްހޫރުވައިވަނީ ބޮޑު ހީނާގެ ނަމުންނެވެ.
ހިނާ އެކަޑަމީއަކީ 2004ވަނަ އަހަރުން ފެށިގެން މެދު ކެޑުމެއްނެތި ކުރިއަށްދާ އެކަޑަމީއެކެވެ. 15 އަހަރުވެފައިވާ އާލީ ޓަޗް ފުޓްބޯލް އެކަޑަމީއަށް މިހާރު 15 އަހަރުވެފައިވާއިރު، މިހާރުވެސް އެކަަޑަމީގެ ދަށުން 3000އަށް ވުރެއް ގިނަ ކުދިން ތަމްރީން ކުރަމުންދެއެވެ.
ކޮމެންޓު ފޮނުވާ