ދިގުރަށު ތުނޑީގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ހޯދައިފި

ދިގުރަށު ތުނޑީގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ހޯދައިފި

Author
އަހުމަދު
22 ޖެނުއަރީ 2026 11:12
0

އދ. ދިގުރަށު ތުނޑީ ސަރަހައްދުގައި ބަނގުރާ ފޮރުވާފައި ހުރިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފިއެވެ.

ދިގުރަށު ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެރަށު ތުނޑި ސަރަހައްދު ބަލައި ފާސްކުރުމުގެ ތެރެއިން 33 ފުޅި ބަނގުރަލާއި 169 ދަޅު ބަނގުރާ ވަނީ ފެނިފައެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. އަދި މިކަމުގައި ޝާމިލުވާ ފަރާތްތައް ހޯދުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.