ތައުލީމީ ދާއިރާގެ ޚިދުމަތްތެރިޔާ އައިންތު މިސް ނިޔާވެއްޖެ

ތައުލީމީ ދާއިރާގެ ޚިދުމަތްތެރިޔާ އައިންތު މިސް ނިޔާވެއްޖެ

Author
އާދަމް ނުހާދް
22 ޖެނުއަރީ 2026 10:25
0

ތައުލީމީ ދާއިރާއަށް ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އާމިނަތު ހަސަން (އައިންތު މިސް)، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާގައި ހޭދަކުރެއްވި އައިންތު މިސް އެންމެ ފާހަގަކޮށްލެވެނީ އަމީނިއްޔާ ސްކޫލުގެ ދިވެހި މުދައްރިސެއްގެ ގޮތުގައެވެ. އެކަމަނާއަކީ ރާއްޖޭގައި ދިވެހި މާއްދާއިން ޑިގްރީ ހާސިލުކުރެއްވި ފުރަތަމަ ބެޗުގެ ދަރިވަރެކެވެ. ކިޔަވައިދެއްވުމުގެ އިތުރުން، ރާއްޖޭގައި ޓީޗާސް އެސޯސިއޭޝަން އުފެއްދެވުމާއި، ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ރަނގަޅުކުރުމަށް 2008 ވަނަ އަހަރު ކުރި މަސައްކަތްތަކުގައި ވެސް އައިންތު މިސް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ތައުލީމީ ދާއިރާގެ އިތުރުން ދައުލަތުގެ މުހިންމު މަގާމުތައް ވެސް އައިންތު މިސް ފުރުއްވިއެވެ. މިގޮތުން 2014 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމާއި، 2018 ވަނަ އަހަރު އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުކަން ކުރެއްވިއެވެ. އަދި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.