މަސްތުވާތަކެތީގެ މައްސަލައެއްގައި ސިޔާސީ މަގާމެއްގައި ހުރި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ސިޔާސީ މަގާމެއްގައި ހުރި މީހަކު ހައްޔަރުކޮށްފި

Author
އަލީ ރައޫފް
12 ޖެނުއަރީ 2026 10:29
0

ގއ. އަތޮޅުގައި ފުލުހުން ހިންގި "އޮޕަރޭޝަން އަލިމަގު" ގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިން ހިންގާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި މި ސަރުކާރުގެ އިސް ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު ހިމެނިއްޖެއެވެ. ފުލުހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ގއ. ވިލިނގިލީ އައިޒަން، އުމުރުން 30 އަހަރުގެ އަހްމަދު އަނާމް އިބްރާހީމަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

މި އޮޕަރޭޝަނުގައި އަނާމްގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލީ ޝެވޯނާ، ޝައްފާހް ލަތީފް (28އ) އާއި، މިޔުޒިކީއާގެ، އަހްމަދު މަދީހު (33އ) ގެ އިތުރުން އަރާއިރުގެ، ނޫރުއްނިޒާމް (35އ) އެވެ. މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ސިޔާސީ މަގާމުގައި ހުންނެވި އަނާމް އާއި ޝައްފާހް އަދި މަދީހު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި މި މައްސަލައިގައި ހިމެނޭ ނޫރުއްނިޒާމް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.