ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޕެންޝަނާ ބެހޭ ބިލަށް ހުށައަޅާފައިވާ އިސްލާޙަކުން ޕެންޝަން ސްކީމުން ފައިސާ ބޭނުންކޮށްގެން ޙައްޖު ކިއުއަށް އެރޭގޮތް ހެދުމަށް އިސްލާހު ހުށަހަލައިފިއެވެ.
ބިލުގައިވާގޮތުން ޙައްޖަށް ދިއުމަށް ސަރުކާރުން ކަނޑައަޅާ ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ 20 އިންސައްތަ ދެއްކުމަށްފަހު، ބާކީ 80 އިންސައްތަ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ދައްކައިގެން ޙައްޖު ކިޔުއަށް އެރޭނެއެވެ. މި ލުއިލިބޭނީ ފަރުޟު ޙައްޖު އަދާކޮށްފައި ނުވާ ފަރާތްތަކަށެވެ. އަދި ޕެންޝަން ލިބޭ ޢުމުރު ހަމަވާއިރު މަހަކު 2000 ރުފިޔާގެ ޕެންޝަން ލިބޭ މިންވަރަށް ސޭވިންގްސް އެކައުންޓުގައި ފައިސާ ޖަމާވެފައި ހުންނަންޖެހެއެވެ.
ގެދޮރު ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ސްކީމުން ފައިސާ ބޭނުންކޮށްފައިވާނަމަ، އެފައިސާ އުނިކޮށްގެން ބާކީ ހުރި ފައިސާއިން ޙައްޖަށް ދެވޭނެ ފައިސާ ހިސާބުކުރާނެއެވެ. ޢުމުރު ހަމަވާފަހުން ޕެންޝަން ލިބެން ފެށި ފަރާތްތަކަށްވެސް ހުށައަޅައިފިނަމަ މި ލުއި ލިބޭނެ ނަމަވެސް އެފަރާތްތަކަށް ޕެންޝަން ދޫކުރަމުން ދާނީ ޙައްޖަށް ހިފަހައްޓާފައިވާ ފައިސާ އުނިކުރުމަށްފަހުގައެވެ.
މި ބިލަށް ބަހުސްކުރުން އެޖެންޑާ ކޮށްފައިވަނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާގައެވެ.
ކޮމެންޓު ފޮނުވާ