ގެދޮރު ގަތުމަށާއި، އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ބޭނުންވާ ޑައުންޕޭމަންޓް ފައިސާ ޕެންޝަން ފަންޑުން ދެއްކޭ ގޮތް ހަދަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި މި ބިލު ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލެކެވެ.
މިހާރުގެ ގާނޫނުގައި އިމާރާތްކޮށް ނިމިފައިވާ ގެދޮރު ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ފައިސާ ކޮލެޓަރަލައިޒް ކުރެވޭ ގޮތް ހަދާފައިވާއިރު، މި އިސްލާހުގައި ގެ އިމާރާތްކުރުމާއި މަރާމާތުކުރުމަށް ވެސް މި ފުރުސަތު ހުޅުވާލަން ހިމަނާފައިވެއެވެ. އެއާއެކު އިންތިޚާބީ މަގާމަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަށް އައްޔަނުވެއްޖެނަމަ އަސާސީ ޕެންޝަން ހުއްޓާލުމަށް ވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ބަހުސްކުރުން މިއަދު ބާއްވާ ޚާއްސަ ޖަލްސާގައި ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ