ސްކޫލުތަކުގައި ދެ ޖިންސު ވަކިން ކިޔަވާދިނުމަށް ޢިލްމުވެރިން ގޮވާލައިފި

ސްކޫލުތަކުގައި ދެ ޖިންސު ވަކިން ކިޔަވާދިނުމަށް ޢިލްމުވެރިން ގޮވާލައިފި

Author
އަލީ ރައޫފް
04 ޖެނުއަރީ 2026 04:35
0

ރާއްޖޭގެ ސްކޫލުތަކުގައި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދެ ޖިންސުގެ ދަރިވަރުން ވަކިކޮށް، ތަޢުލީމީ ނިޒާމު އިޞްލާޙުކުރުމަށް ޢިލްމުވެރިންގެ ގުޅުމުން ތަޢުލީމީ ވަޒީރުގެ އަރިހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއަށް ފޮނުއްވި ސިޓީގައި ޢިލްމުވެރިންގެ ގުޅުމުން ބުނީ 2008 ވަނަ އަހަރާ ހަމައަށް ސްކޫލުތަކުގައި ދެ ޖިންސުގެ ކުދިން ވަކިކުރެވިފައި އޮތް ނަމަވެސް، އައު ސަރުކާރުތަކުން ސެކިއުލަރ ފިކުރުތަކާ އެއްގޮތަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ދާދިފަހުން މީޑިއާގައި ފެތުރުނު ވީޑިއޯއަކުން ފެނުނު މަންޒަރުތަކަކީ ދެ ޖިންސު މައްސަނިވެފައިވުމުގެ ނޭދެވޭ އަސަރުތަކުގެ ނަތީޖާ ކަމަށް އެ ގުޅުމުން ފާހަގަކުރިއެވެ. ހަވަރޑް ޔުނިވަރސިޓީ އާއި ބީބީސީގެ ދިރާސާތަކާއި އިސްލާމީ ޙާދިޘާތަކުން ވެސް ދެ ޖިންސު މައްސަނިކުރުމުގެ ނޭދެވޭ އަސަރުތައް ސާބިތުވެފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން ތަޢުލީމީ ނިޒާމު އިޞްލާޙުކޮށް، ސްކޫލުތައް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދަރިވަރުން ތަރުބިއްޔަތުކުރާ ތަންތަނަށް ހެދުމަށް ޢިލްމުވެރިންގެ ގުޅުމުން ތަޢުލީމީ ވަޒީރުގެ އަރިހުން އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.