މަރުބަލީގައި ތިބޭ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭގޮތަށް އިސްލާހު ހުށަހަޅައިފި

މަރުބަލީގައި ތިބޭ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭގޮތަށް އިސްލާހު ހުށަހަޅައިފި

Author
އަހުމަދު
04 ޖެނުއަރީ 2026 04:28
0

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ދިރިހުރުމުގެ އުއްމީދެއް ނެތް މީހުންނަށް އެމީހުންގެ ޕެންޝަން ސޭވިންގްސް އެކައުންޓްގައިވާ ފައިސާ 65 އަހަރު ހަމަނުވިޔަސް ނެގޭ ގޮތަށް ހިމަނައިފިވެއެވެ.

މިލަންދޫ ދާއިރާގެ މެންބަރު ހުސައިން މުފީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ސްޕެޝަލިސްޓް ޑޮކްޓަރަކު ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ ކަމަށް ކަނޑައަޅާ މީހުންނަށް އެމީހުން ކަނޑައަޅާ އަދަދެއް ނުވަތަ އެކައުންޓްގައިވާ ފައިސާގެ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ނެގިދާނެއެވެ. ޓާމިނަލް އިލްނަސް ކަމަށް ބުނެފައި އެވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނަސް 12 މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ދިރިހުރުން ނާދިރު ކަމަށް ޑޮކްޓަރު ކަނޑައަޅާ ހާލަތެވެ.

އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ޕެންޝަން ފަންޑުގައިވާ ފައިސާ، ގެދޮރު ގަތުމާއި އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ދެއްކުމަށް ކޮލެޓްރަލައިޒް ކުރެވޭނެ ގޮތަށް ގާނޫނު ބަދަލުކުރުން ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މިންވަރު
ވެންޓިލޭޓަރަށް ލީމަ ޕެންޝަން ފައިސާއިން ބޭނުންކުރެވޭ ގޮތް ހެދީމަ އާސަންދައާއި އެނޫންވެސް ދައުލަތުން އެހީ ފޯރުކޮށްދޭ ވިއުގަތަކަށް ލުއިވެގެންދާނެ، މީހާ މަރުވާއިރު ވާރިޘުންނަށް ޕެންޝަން ފަންޑުން ތަރިކައިގެ ގޮތުގައި ދޭނެ އެއްޗެއް ނުހުންނާނެ، ދައުލަތަށް މާލީ ލުޔެއް ލިބިގެންދާނެ. މީހާގެ ދަރަނިތަކާއި އެެނޫންވެސް އިލްތިޒާމްތައް އަދާކުރަން އޮތިއްޔާ އެ ބުރަ ވާރިޘުންނަށް އިތުރަށް ބަރުވެގެންދާނެ. އެެއްދޮރު ހުޅުވިއްޔާ އެތައްދޮރެއް ރައްޔިތުންނަށް ބަންދުވާގޮތަށް ގެންނަ އިޞްލާޙުތައް ނުގެނެސް އޮތްގޮތަށް ބޭއްވުންވެސް މާބޮޑަށް ރަނގަޅުވެގެންދާނެ ކަމަށްފެނޭ. މިހާރުވެސް ހިންގާގޮތަށް ބުރަ މަސައްކަތްކޮށްގެން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާ މީހާ ރިޓަޔަރވުމުން އޭނައަށް އޭނާ ބެހެއްޓި އެއްޗެއްގެ އިތުރުން އަސާސީ ޕެންޝަނުން މަަދުވާބައި ހަމަކޮށްދީފަ، އެއްވެސް އެއްޗެއް ޕެންޝަނަށް ޖަމާނުކޮށް 65 އަހަރުވާ މީހައަށް ފުލް ފަނޑިންގކުރާގޮތަށް ފަންޑު ހިންގުން ތިބަދަލަށްވުރެ ރަނގަޅުވާނެކަން ނޭގޭ.