ޗީފް އޮފް ޑިފެންސްފޯސް އަބްދުﷲ ޝަމާލް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ޗީފް އޮފް ޑިފެންސްފޯސް އަބްދުﷲ ޝަމާލް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
10 ޖެނުއަރީ 2021 09:16
0

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޝަމާލް ކޯވިޑަށް ޕޮޒިޓިވް ވިކަން އެގުނީ، ކޯވިޑްގެ އަލާމާތްތަކެއް ހުރެގެން އިއްޔެ ކުރި ޓެސްޓުގެ ނަތީޖާއިން ކަމަށެވެ.

ޝަމާލް ޕޮޒިޓިވް ވުމާއި ގުޅިގެން މިވަގުތު ހުންނެވީ އަމިއްލަ ގޭގައި އައިސޮލޭޓް ވެގެން ކަމަށާއި، އަދި ޗީފް އޮފް ޑިފެންސްފޯސް ޝަމާލް އާއި ބައްދަލުވެ ދިމާވި މީހުން މިހާރު ކަރަންޓީން ކުރެވިފައިވާކަމަށެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ޝަމާލް ޕޮޒިޓިވް ވުމުގެ ކުރިން ފާއިތުވެދިޔަ ދުވަސްތަކުގައި ސޯޝަލް ގެދަރިންނަކަށްވެސް އަދި ރާއްޖެއިން ބޭރަށްވެސް ވަޑައިގެންފައި ނުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.