މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް 927,867,656 ރުފިޔާ ދޫކޮށްފައިވެއެވެ. މި މުއްދަތުގައި މިފްކޯއަށް 58،000 ޓަނަށްވުރެ ގިނަ މަސް ކިރުވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ އުސޫލަށް އަމަލުކުރަން ފެށުމާއެކު، މަސްވެރިކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ކުރިއަށްވުރެ އިތުރުވެފައިވާކަން މިފްކޯއިން ފާހަގަކުރެއެވެ. އަހަރުގެ ތެރޭގައި އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ފެބުރުވަރީ މަހުގައި ކަމަށާއި، އެ މަހު އެކަނިވެސް 138.9 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކުރި ކަމަށް މިފްކޯއިން ބުނެއެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ހެޔޮކޮށްފައިވެއެވެ. މަސް ރައްކާކުރެވޭ މިންވަރު ދެގުނަކުރުމާއި ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަކަށް ހެދުމެވެ.
ކޮމެންޓު ފޮނުވާ