768 ފަރާތަކަށް ހިޔާވެހި ފައިނޭންސިން ލޯނު އެޕްރޫވް ކޮށްފި

768 ފަރާތަކަށް ހިޔާވެހި ފައިނޭންސިން ލޯނު އެޕްރޫވް ކޮށްފި

Author
ޙަސަން މުޙައްމަދު
31 ޑިސެމްބަރ 2025 02:48
0

ގެދޮރު އެޅުމަށް ދަތިވާ ރައްޔިތުންނަށް އެހީތެރިވުމަށް ސަރުކާރުން ކުރިއަށްގެންދާ ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން 768 އެޕްލިކޭޝަން އެޕްރޫވްކޮށް، 909 މިލިޔަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާކަން ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ތިން ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން 5 ޕަސެންޓް ފައިދާގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތު ލިބިގެންދެއެވެ. ވުޒާރާއިން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު އެޕްލިކޭޝަން އެންމެ ގިނައިން އެޕްރޫވްކޮށްފައިވަނީ ސަހަރު ކެޓަގަރީން ކަމަށާއި، އެއީ 410 އެޕްލިކޭޝަން ކަމަށްވެއެވެ. ރަށްވެހި ސްކީމުން 343 އެޕްލިކޭޝަނާއި ފަހިމާލެ ސްކީމުން 15 އެޕްލިކޭޝަން އެޕްރޫވްކޮށްފައިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ތިން ވައްތަރެއްގެ ސްކީމްތައް ހިންގަމުން އަންނައިރު، އަތޮޅުތަކަށް 1 މިލިޔަން ރުފިޔާއާއި ހަމައަށް އިކުއިޓީއެއް ނެތި ހައިސިން ޑިވެލޮޕްމަންޓް ފައިނޭންސް މެދުވެރިކޮށް ދޫކުރެއެވެ. އާބަން ސެންޓަރުތަކަށް 3 މިލިޔަން ރުފިޔާއާއި މާލެ ސަރަހައްދަށް 6 މިލިޔަން ރުފިޔާއާއި ހަމައަށް ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ލޯނު ދޫކުރާކަން ވުޒާރާއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.