ކޯވިޑް-19: އިތުރު 25 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 25 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2021 10:02
0

ރާއްޖެއިން އިތުރު 25 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 25 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 15 މީހުންނާއި، އަތޮޅުތެރޭގެ ރައްތަކާއި ރިސޯޓުތަކުން 10 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 14،065 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ29 މީހުންނެވެ. މިއަދަދާއެކު ޖުމްލަ 13،308 މީހުން މިހާތަނަށް ބަލިން ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ވަނީ 701 އަށް އިތުރު ވެފައެވެ.

ކޯވިޑް ބަލީގެ ސަބަބުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދަނީ 47 ބަލިމީހަކަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 2،422 ސާމްޕަލައެކު މިހާތަނަށް ޖުމްލަ 338،864 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 49 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި 8 ބިދޭސީން

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.