ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައި ބޭރުން ލަށްވެފައިވާ ގަސްތަކާއި ކުނި އޮޔާލަމުންދާތީ މަސްވެރިން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މިދުވަސްވަރު މަސްވެރިންނަށް ކަނޑުމަތީގައި ގިނަ އަދަދަކަށް ގަސްތަކާއި އެހެނިހެން ތަކެތި ފެނުމުގެ ހާދިސާތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެވިފައެވެ. ތިން ދުވަސްކުރިން އިހަވަންދޫ މަސްވެރިންނަށް ކަނޑުމަތީ އޮޔާލަމުންދިޔަ ބޮޑު ގަހެއް ވަނީ ފެނިފައެވެ. ބޮޑު ކަންނެލި ޔޫނިއަން އިންވެސް ވަނީ މިފަދަ ގިނަ ތަކެތި ފެންނަމުންދާ ކަން ހާމަކޮށްފައެވެ.
އިހަވަންދޫ މަސްވެރިން ބުނެފައިވާ ގޮތުގައި މި މޫސުމަކީ އާންމުކޮށް އިރުވައި ކަނޑުން ގިނަ އަދަދަކަށް ތަކެތި ރާއްޖެ އަތޮޅުތަކަށް ވައްދާ ދުވަސްކޮޅެއް ކަމުން މަސްވެރިން ނިކުންނަ މީހުން މިކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އެބޭފުޅުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ