މިދިޔަ އަަރުގެ ނޮވެމްބަރު 30ގެ ފަހުން ދެއްވަދޫއަށް ގޮސްފައިވާ މީހެއްނަމަ، އެމީހަކު ހުރިރަށެއްގެ ޞިއްޚީ އިދާރައަކަށް އެންގުމަށް އެޗްޕީއޭއިން އެދިއްޖެއެވެ.
ގއ. ދެއްވަދޫއަށް މިމުއްދަތުގައި ގޮސްފައިވާ ފަރާތެއްވާނަމަ، ސާމްޕަލްނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނު ވުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި 30 ނޮވެމްބަރު 2020 އަށް ފަހު ގއ. ދެއްވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ވަޑައިގެން ސާމްޕަލް ދިނުމަށްވެސް އެޗްޕީއޭއިން އެދެއެވެ. އަދި ނެގެޓިވް ނަތީޖާ ލިބެންދެން، އަމިއްލައަށް ކަރަންޓީނު ވުމަށްވެސް އެޗްޕީއޭން އެދެއެވެ.
30 ނޮވެމްބަރުގެ ފަހުން ގއ. ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުތމަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭން އެދެއެވެ.
އަދި ޑިސެމްބަރ 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއްނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ދެެއްވަދޫން ކޯވިޑް-19ގެ ކޭސްއެއް ފެނިފައި ވަނީ މިދިޔަ މަހުގެ 24 ވަނަދުވަހެވެ. މިހާރުވެސް އެރަށް އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިހާތަނަށް އެރަށުގެ ކްލަސްޓާއަށް ނިސްބަތްވާ 10 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
ކޮމެންޓު ފޮނުވާ