ލ ފޮނަދޫއިން ކޯވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެރަށާއި އެރަށާއި އެއްފަސްވެފައިވާ ރަށްތައް މޮނީޓަރިންގެ ހާލަތައް ގެނެސްފިއެވެ. މިގޮތުން އެ އަތޮޅު ގަންވެސް ވަނީ މޮނީޓަރިންގެ ހާލަތުގައެވެ.
ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ވިދާޅުވީ ލ ފޮނަދޫން ކޯވިޑަށް ހަތަރު މީހަކު ޕޮޒިޓިްވެފައިވާކަމަށެވެ. މި އެންމެނަކީވެސް ގއ ދެއްވަދޫން އެރަށަށް ދަތުރުކުރި މީހުންކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. މި އެންމެން ކޯވިޑަށް ޕޮޒިޓިވިކަން އެނގުނީ ކޯވިޑްގެ އަލާމާތަކެއް ހުރެގެން އެ ބައްޔަށް ޓެސްޓްކުރުމުންކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
އެ ދެ ރަށް މޮނީޓަރިންގއަށް ލާފައިވާއިރު، އެ ދެ ރަށަށް އަރާ ފޭބޭނީ ކަމާއިި ގުޅުން ހުރި އިދާރާތަކުގެ ހުއްދަ ލިބިގެންނެވެ. ދެެއްވަދޫން ކޯވިޑް-19ގެ ކޭސްއެއް ފެނިފައި ވަނީ މިދިޔަ މަހުގެ 24 ވަނަދުވަހެވެ. މިހާރުވެސް އެރަށްވެސް އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިހާތަނަށް އެރަށުގެ ކްލަސްޓާއަށް ނިސްބަތްވާ 10 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
ކޮމެންޓު ފޮނުވާ