ރައީސާއި ނާއިބް ރައީސްގެ މުސާރަ ކުޑަކުރި މައްސަލައިގެ އަޑުއެހުންތައް ބުދަ ދުވަހު ފަށަނީ

ރައީސާއި ނާއިބް ރައީސްގެ މުސާރަ ކުޑަކުރި މައްސަލައިގެ އަޑުއެހުންތައް ބުދަ ދުވަހު ފަށަނީ

Author
މުޙައްމަދު ޖިމީ
11 އޮކްޓޯބަރ 2020 02:25
0

ކޯވިޑް-19އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަަތައް ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ޤާނޫނާއި ޚިލާފަށްކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ ބުދަދުވަހު ފެށުމަށް އެކޯޓުން ނިންމައިފިއެވެ.

މިމައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށައެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުޙައްމަދު ޙަލީމްއެވެ. ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، އެމަނިކުފާނުގެ ނާއިބާއި، ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި، ފަނޑިޔާރުންނާއި މިިނިވަން މުއައްސަސާތަކުގެ ވެރިިންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން މަޖިލީހުން ފާސްކޮށްފައިވަނީ މެއި މަހުގެ ތެރޭގައެވެ. އެއިޞްލާހު މަޖިލީހުން ގެނެސްފައިވަނީ ރައީސް އާއިނާއިބުރައީސްގެ މުސާރަ ކަނޑައަޅާފައިވާ ޤާނޫނު އިޞްލާޙު ނުކޮށްކަމަށްވަތީ އެއީ ޤާނޫނާއި ޚިލާފުކަމެއްކަމަށް ބައެއް ފަރާތްތަކުން އައީ ތުހުމަތުކުރަމުންނެވެ.

ރައީސާއި ނާއިބު ރައީސްގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި،މަޖިލީހުގެ އެ ނިންމުން ބާޠިލް ކުރުމަށްވެސް އެދިވަޑައިގެންފައިވެއެވެ. އެއީ މިނިވަން މުއައްސަސާތަކާ ބެހޭ ބައެއް ޤާނޫނުތަކުގައި އެމަޤަމެއްގެ ދައުރު ތެރޭގައި މުސާރަ އާއި އިނާޔަތްތައް ކުޑަ ނުކުރެވޭނެ ކަމަށް ބުނެފައިވާތީކަމަށްވެސް އެމައްސަލާގައި ބުނެފައިވެއެވެ.

މިމައްސަލައަކީ ސުޕްރީން ކޯޓުގެ ޤަވައިދާއި އެއްގޮތަށް ހުށައަޅާފައިވާ މައްސަލައެއްކަމަށްވާތީ އެމައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

ޤާނޫނުއަސާސީ ބަޔާންކޮށްފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ދައުލަތުގެ ވަޒީރުންނާއި މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ 2009 ވަނަ އަހަރު މަޖިލީހުން ފާސްކުރި ގާނޫނެއްގައެވެ. ނަމަވެސް ދެން ހުރި މަޤާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.